ފުލުހުންނަށް މަރުގެ އިންޒާރުދީގެން ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފި

ކްރިމިނަލް ކޯޓު/ ފޮޓޯ- ވީނިއުސް

ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާ އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައެއްގައި ރޭ ދަންވަރު 30 އަހަރުގެ ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.

ނަމަވެސް ކޯޓުން މި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލީ އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެެވެ. އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *