ގައުމީ އެއާލައިންގެ ކާގޯ ފްލައިޓުތަކެއް ރާއްޖޭގެ ރަށްރަށަށް ދަތުރުކުރަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް --

ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓުތަކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް ވާހަކަދައްކަވަމުން ވިދާޅުވީ މޯލްޑިވިއަން އިން ކާގޯ ފްލައިޓުތައް ރަށްތަކަށް ބާއްވަނީ ރަށްރަށަށް ބޭނުންވާ މުދާތައް ގެންދިއުމަށް ކަމަށެވެ.

އެ ފްލައިޓުތައް ކޮންމެ ދުވަހަކުވެސް އޮންނާނެ ކަމަށާއި އެ ފްލައިޓުގައި ކަރަންޓީން ނިންމާފައިވާ މީހުންނަށް އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ އިންޑިއާ، ލަންކާ، ތައިލެންޑް އަދި ޔޫއޭއީ އިން މުދާ ގެނައުމަށް ފްލައިޓުތައް ބާއްވަމުންނެވެ. މީގެއިތުރުން މެލޭޝިޔާ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޓްރަމް އަދި ކޮލޮމްބޯގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހިން އެ އެއާލައިނުން ވަނީ ރާއްޖެ ގެނެސްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *