މިއުޅެނީ ބްލޭންކު ޗެކެއް ހޯދާކަން ނޫން، އެކަން އޮޅުވާ ނުލައްވާ: އަމީރު

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރުމަކީ ބްލޭންކު ޗެކެއް ހޯދުން ނޫން ކަމަށާއި އެކަން އޮޅުވާ ނުލެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިވަގުތަށް ޕަބްލިކް އެކައުންޓުގެ އޯޑީ ފެސިލިޓީ އިތުރުކޮށްގެން ނޫނީ މިހާރު ކުރެވެން ހުރި ހަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ޕަބްލިކް އެކައުންޓް އޯވަ ޑްރޯ ކުރުމަކީ އެހެން ގައުމުތަކުން ވެސް ކުރާ ކަމެއް ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ ގޮތުގައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި ބުނާ ގޮތުން އެފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދައުލަތުގެ އާމްދަނީގެ އެއް ޕަސެންޓާއި ހަމައަށް އޯވަޑްރޯ ކޮށްގެން ކަމަށެވެ. އަދި އެ އަދަދަށް އޯވަޑްރޯ ކޮށްފި ކަމަށްވާ ނަމަ ލިބިގެން ދާނީ 220 މިލިއަން ރުފިޔާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާލުވީ އެއީ މިހާރުގެ އަންދާޒާ އިން ކޭޝްފްލޯ މެނޭޖު ކުރުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.

ގާނޫނުގައި އޮތް ގޮތުން އޯވަޑްރޯ ކުރެވޭނީ 200 މިލިއަން ރުފިޔާ. އޯވަޑްރޯ ކުރި ނަމަވެސް ހާލަތު ރަނގަޅުވުމުން ފައިނޭންސިން އިތުރު ކުރާ މިންވަރުން ޕަބްލިކް ބޭންކުން އެކައުންޓް ޖަމާ ކުރަމުން ގެންދާނެ،" އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި ބުނެފައިވާ މާއްދާއެއް ސަސްޕެންޑު ކޮށް ދިނުމަށް އެދުނީ ގާނޫނުގައި ބުނެފައިވާ ހާއްސަ ހާލަތްތަކެއް ނުވަތަ ހާލަތެއް ދިމާވެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގާނުނުގައި ދެ ހާލަތެއް ބަޔާންކޮށްފައިވާއިރު ފުރަތަމަ ހާލަތަކީ، ގުދުރަތީ ކާރިސާ އެއް މެދުވެރިވުމެވެ. ދެވަނަ ހާލަތަކީ، އިގްތިސާދަށް ބޮޑު ހިނާރު ކަމެއް އަންނަ ހާލަތެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އެ ދެ ހާލަތުވެސް މިހާރު ކުރިމަތރިވެފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވިއިރު އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ފިނޭންސް މިނިސްޓަރަކީ އެމްޑީޕީ މީހަކަށް ވިޔަސް ދައުލަތުގެ ރިޒާވުން ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކަން ކުރަންވާނެ ގޮތް ނޫން ކަމަށެވެ.

އީވާ އެހެން ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން މިހާރު ކުރިއަށް ދާ ބަހުސްގަ އެވެ. އީވާ ވިދާޅުވީ މިވަގުތަކީ އާދަޔާ ހިލާފަށް މަޖިލީހުން ފާރަވެރިވާން ޖެހޭ ވަގުތެއް ކަމަށެވެ.

އީވާ އެހެން ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން މިހާރު ކުރިއަށް ދާ ބަހުސްގަ އެވެ. އީވާ ވިދާޅުވީ މިވަގުތަކީ އާދަޔާ ހިލާފަށް މަޖިލީހުން ފާރަވެރިވާން ޖެހޭ ވަގުތެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *