ރޯދަމަހުގެ ރަސްމީ ގަޑިއަކީ 10:00 އިން 14:00 އަށް

ސަރުކާރު ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާ ބިލްޑިންގެ ބޭރު: ފޮޓޯ / ސަން

ރަމަޟާން މަހުގެ ރަސްމީ ގަޑި އަކީ ހެނދުނު 9:00 އިން މެންދުރު 14:00 އަށް ކަމަށް ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ބުނީ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފައިވާ ކަމަށެވެ. މިކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 13 ވަނަ ނަންބަރު ދެންނެވުމުގައެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާން މަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާބެހޭ ގޮތުން ރައީސް އޮފީހުން ނެރުއްވާފައިވާ މި އަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތަށް ޢަމަލު ކުރެއްވުމަށް ވެސް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.