ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ 101 މީހަކަށް އެހީވެއްޖެ

މާލެ ލޮކްޑައުންއާ ގުޅިގެން ހާލުގައިޖެހި، ކާބޯތަކެތި ލިބުން ދަތިވެފައިވާ 101 މީހަކަށް އިއްޔެ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ އިތުރުން، ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ 101 ފަރާތަކަށް އިއްޔެ ވަނީ އެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މާލެއިން ކޮވިޑް19 ޖެހިފައިިވާ މީހަކު ފެނި، މި މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ދިިވެހީންނާއި ބިދޭސީން ވެސް ހިމެނެއެވެ.

ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މީގެކުރިން ވިދާޅުވީ މިފަދަ ފަރާތްތަކަށް އެހީވުމަށް ސޯޝަލް ކައުންސިލުން އިންތިޒާމްތައް ހަމަޖައްސައި ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން، ކެއްކޭނެ އިންތިޒާމް ހަމަޖެހިފައި ހުރި ލޭބާ ކުއާޓާތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީިފައިވާ ކަމަށެވެ.

އަދި ރަމަޟާން މަހު ވެސް ކާބޯތަކެތީގެ ދަތިކަން ފޯރާނެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *