ފުޓުބޯޅަ ސުކޫލުގެ އިމާރާތް ވަގުތީ ހިޔާއަކަށް ބަދަލުކޮށްފި

ހުޅުމާލޭ ފުޓުބޯޅަ: މިތަން ވަނީ ވަގުތީ ހިޔާ އަކަށް ބަދަލުކޮށްފައި --- ފޮޓ/ ޔޫތު މިނިސްޓްރީ

ކުރީގެ ސަރުކާރުން ހުޅުމާލޭގައި އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)އާ ހަވާލުކުރި ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސުކޫލުގެ އިމާރާތް ވަގުތީ ހިޔާއަކަށް ބަދަލުކޮށްފިއެވެ.

އެތަން ނިމިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތަން މިވަގުތު ބޭނުން ކުރަނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ކަމަށް ވެސް ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. މަހްލޫފު ވިދާޅުވީ އެތަނުގެ 24 ކޮޓަރި މިހާރި ނިމިފައިވާ ކަމަށެވެ. އަދި މުހިއްމު އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް އެތަން ބޭނުން ކުރަން ފަށާފައިވާ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިޔަށް ދިޔަ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ. މިނިސްޓަރު މަހްލޫފު ވަނީ އެ މަސައްކަތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މި އިމާރާތް އެޅުމަށް ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.