ވިޔަފާރި ކުރުމަށް ދީފައިވާ ވަގުތުތަކަށް ބަދަލުތަކެއް

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން އިން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

މާލެ އިން ކޮވިޑް19 ފެނި 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ކަންކަމަށް ބޭރަށް ނިކުތުމާއި ވިޔަފާރި ކުރުމަށް ފުލުހުން ދީފައިވާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތަށް ފުލުހުން ބަދަލުތަކެއް ގެނައީ މިއީ ރަމަޟާން މަސް ކަމަށްވުމާއި އެކުގައެވެ. ފުލުހުން ބުނީ މީގެކުރިން ވިޔަފާރި ކުރުމަށް ދީފައިވާ ވަގުތުތަކުގެ ތެރޭގައި ހަވީރު 17:00 އިން އިރުއޮއްސި 19:00 އާ ދެމެދަށް ދީފައިވާ ވަގުތު އުނިކޮށްފައިވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން 14 ދުވަހަށް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ލޮކްޑައުން ކޮށްފައިވާ މި ވަގުތުގައި އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެއެވެ.

ބޭރަށް ނުކިމު އުޅެވޭނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދީފައިވާ ފާސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *