އައިޔޫއެމް އިން ބާއްވާ ގުރުއާން މުބާރާތް މިފަހަރު އޮންލައިންކޮށް

ގުރުއާން މުބާރާތެއްގައި ކުއްޖަކު ގުރުއާން ކިޔަވަނީ: ފޮޓޯ / މިހާރު

ކޮންމެ އަހަރެއްގައިވެސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ސްޓޫޑަންޓު ޔޫނިއަން އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ގުރުއާން މުބާރާތް ކޮވިޑް19 ގެ ސަބަބުން އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.

އައިޔޫއެމް އިން ބުނީ އެ މުބާރާތް ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އައިޔޫއެމްގެ ދަރުވަރުންނަށް އެކަންޏެވެ.

މި މުބާރާތް ކުރިޔަށް ގެންދަނީ ދެ ރައުންޑަކަށް ބަހާލައިގެންނެވެ. ދެ ރައުންޑުގައިވެސް ފަސް ރާގަކުން ކުރެ އެއް ރާގަކަށް ކިޔެވޭނެއެވެ. ދެވަނަ ދައުންޑަށް ދެވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނަށް އެކަންޏެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވީޑިއޯ ހުށަހަޅަން 12 ދުވަސް ލިބިގެން ދެއެވެ. އެގޮތުން ފޭސްބުކް އިން ވިޑިއޯ އަޕްލޯޑް ކުރާއިރު ދަރިވަރުންގެ ނަމާއި ސްޓޫޑަންޓް އައިޑީ އަދި އިސްލާމިކް ޔުނިވާސިޓީގެ ސްޓޫޑަން ޔޫނިއަން ފޭސްބުކް ޕޭޖް ޓެގު ކުރަން ޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *