ކޮވިޑް19 އަށް ޓެސްޓު ކުރުމަށް 5،000 ޓެސްޓު ކިޓު ގެނެސްފި

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރިފައިވާ ކޮވިޑް19 ރާއްޖެއިން ފެނި ރާއްޖޭގައިވެސް މި ބަލި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ މި ބައްޔަށް ޝައްކުވާ މީހުން ޓެސްޓު ކުރުމަށް އިތުރު 5،000 ޓެސްޓު ކިޓު ރާއްޖެ ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ 5000 ޓެސްޓު ކިޓު މިހާރު ލިބިފައިވާ ކަމަށާއި އަދި ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރަމުން އައި މެޝިނެއް ކޯވިޑް-19އަށް ޕީސީއާރު ޓެސްޓް ހެދުމަށް މިރޭ ބޭނުންކުރަން ފަށާނެ ކަމަށެވެ.

މި މެޝިން ބޭނުންކުރަން ފެށުމުން ފުރަތަމަ ކޮޅު ދުވާލަކު 50 ޓެސްޓު ހެދޭނެ ކަމަށާއި އަދި ރަނގަޅަށް ހިނގަން ފެށުމުން ޓެސްޓު ކުރެވޭ ނިސްބަތް އިތުރު ކުރެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ކޮވިޑް ޓެސްޓު ކުރަމުން އައީ އައިޖީއެމްއެޗްގައި ހުރި މެޝިނަކުންނެވެ.

މީގެއިތުރުން ސަރުކާރުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވެސް މި ބައްޔަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް ތައްޔާރުވަމުންނެވެ.

މި ހޮސްޕިޓަލުތަކުގައި ޓީބީ އަށް ޓެސްޓު ކުރުމަށް ޖީން އެކްސްޕާޓް މެޝިންތަކެއް މިހާރުވެސް ހުރެއެވެ. އެގޮތުން އެ މެޝިންތަކަށް ލައްވާ ވަކި ވައްތަރެއްގެ ކާޓްރިޖެއް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތަށް އީޖާދު މިހާރުކޮށްފައިވާއިރު އެ ތަކެތި މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *