އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ހައިޑްރޮކްސިކްލޮރޮކުއިން ޝިޕްމަންޓް ރާއްޖެއަށް ގެނެސްފި

މީގެކުރިން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ބޭސް ޝިޕްމަންޓު --

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ޔުނިޓް، ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޮވިޑް19 އާއި އެނޫންވެސް ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރެވޭ މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ ރޭ އިންޑިއާގެ ޗެންނާއީ އިން އައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މިބޭސް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުންނެވެ.

ކޮވިޑް19 އާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެކި ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ވަނީ ރާއްޖެެއަށް ބޭހުގެ ސިޕްމަންޓާއި ކާޑުގެ ބާވަތްތައްވެސް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް19 އަށް ފަރުވާ ކުރުމަށްޓަކައި އިންޑިއާގެ ފަރާތުން ހާއްސަ ޑޮކްޓަރުންގެ ޓީމެއްވެސް ފޮނުވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.