ކަރަންޓީންގައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ، ކޮވިޑް19 އާއި ގުޅުމެއް ނެތް

ދަރުމަވަންތަ ހޮސްޕިޓަލް --

އިންޑިއާއިން އައުމުން ކަރަންޓީނަށް ގެންގޮސްފައިވާ މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އޭނާ ނިޔާވީ ކަރަންޓީންގައި ހުރުމަށްފަހު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައި ވަނިކޮށް ކަމަށެވެ.

މުރާދު ވިދާޅުވީ އޭނާ އައިޖީއެމްއެޗަށް ގެނައުމަށްފަހު ކޮވިޑް19 އަށް ވެސް އެމީހާ ޓެސްޓު ކުރެވުނު ކަމަށެވެ. ނަމަވެސް އެމީހާގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އެމީހާ އަށް ފަރުވާ ދެމުން ދިޔައީ ސިއްހީ މައްސަލައަކާއި ގުޅިގެން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެ އައިސްފައިވާ ގިނަ އަދަދެއްގެ މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. އެގޮތުން އެގައުމުގެ ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ގައުމަށް އައުމަށް ބޭނުންވާ ގިނަ އަދަދެއްގެ މީހުން ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ ގެނެސްދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.