ދިރިއުޅޭނެ ތަނެއް ނެތް 44 މީހަކާ ފުލުހުން ހަވާލުވެއްޖެ

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން އިން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ދިރިއުޅޭނެ ތަނެއް ނެތިގެން މާލޭގެ މަގުމަތީގައި އުޅުނު 44 މީހަކާ ފުލުހުން ހަވާލުވެއްޖެއެވެ.

ދަރުބާރު ގޭގައި އެންއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ދިރިއުޅޭނެ ތަނެއް ނެތިގެން މަގުމަތިން "ނެގި" 44 މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. އެ މީހުނާ ފުލުހުން ހަވާލުވެ، ކާބޯތަކެތި ފޯރުކޮށްދެމުންދާ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މަގުމަތިން "ނެގި" އެ މީހުން މަގުމަތިވެފައި ވަނީ ކީއްވެގެން ކަމެއް ނަވީން ވިދާޅެއް ނުވެއެވެ.

ވަންނާނެ ތަނެއް ނެތިގެން އުޅޭ ބައެއް މީހުން މަގުމަތިން "ނަގަން" ފަށާފައި ވަނީ މާލޭގައި ކުލި ނުދެއްކިގެން ބައެއް މީހުން ގެތަކުން ނެރެމުންދާ ދަނޑިވަޅެއްގަވެ. ކުލި ނުދެއްކިގެން ގެއިން ނެރުނު ބަޔަކަށް ޖެންޑާއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ސަރުކާުރުން އިލްތިމާސްކޮށްފައި ވަނީ ކުލި ނުދެއްކުނަސް މި ދަނޑިވަޅުގައި ގެތަކުން މީހުން ނުނެރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *