މަގުމަތީގައި އުޅުނު 209 މީހަކު ޖޫރިމަނާކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފި

ރައްކާތެރިކަމުގެ ގޮތުން ބައެއް މީހުން މާލޭގެ މަގުމަތީގައި ހިނގާފައި އުޅޭ މީހުން މާސްކް އަޅައިގެން-- ފޮޓޯ/ ހަތާވީސް

ލޮކްޑައުންގެ އަމުރާ ހިލާފަށް މަގުމަތީގައި އުޅުނު 209 މީހަކު ޖޫރިމަނާކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދު އެކަނިވެސް 38 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާ ކުރުމުންވެސް، ލޮކްޑައުންގެ އަމުރާ ތަކުރާރުކޮށް ހިލާފުވުމުން، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ހަލުވިކަމާއެކު މާލެ ތެރޭގައި ފެތުރެމުންދާ ކޮވިޑް19އާ ގުޅިގެން، ހުއްދަ ނެތި ރަށު ތެރެއަށް ނުކުމެ އުޅޭ މީހުން 1،000 ރުފިޔާއިން ދަނީ ޖޫރިމަނާކުރަމުންނެވެ. ފުލުހުން ކުރިން ބުނެފައި ވަނީ މަގުތަކުގައި އުޅޭ މީހުން، ކަރަންޓީނު ކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ ގޮތަކަށް އުޅުނު މީހަކު ކަރަންޓީނަށް ލާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *