ބަންގްލަދޭޝް އިން ރާއްޖެއަށް ދިން މެޑިކަލް ސާމާނުތައް މާދަމާ ބާލަނީ

ނޭޕާލު އަދި ބަންގްލަދޭޝް ގައި ތިބި ދިވެހިން ގޮވައިގެން އައި މަނަވަރު: ފޮތޯ / ސޯޝަލް މީޑިއާ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ބޭނުން ކުރުމަށް ބަންގްލަދޭޝްގެ އެހީތެރިކަމާއި އެކުގައި ރާއްޖެ ގެނެސްފައިވާ ސާމާނުތައް މާދަމާ ބޯޓުން ބާލާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަންގްލަދޭޝްއިން ގެނައި ސިއްހީ ވަސީލަތްތައް މާދަމާ ބޯޓުން ބާލާނެ ކަމަށެވެ.

ބަންގްލަދޭޝް އިން ގެނައި ސިއްހީ ސާމާނުތަކުގެ ތެރޭގައި 20،000 ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓާއި 960 އައިގޮގްލްއާ 5،000 އަންގި ހިމެނެއެވެ. މީގެއިތުރުން ބަންގްލަދޭޝް އިން ވަނީ ރާއްޖޭގެ ރައްޔިތުން އާއްމު ގޮތެއްގައި ކެއުން ބުއިމަށް ބޭނުންކުރާ މޭވާއާ ތަރުކާރިވެސް ރާއްޖެ ގެނެސްފައެވެ.

ބަންގްލަދޭޝް ސަރުކާރުގެ އެހީގައި ރާއްޖެ ގެނެސްފައިވާ ސިއްހީ ސާމާނުތަކެއް ރާއްޖެ ގެނެސްފައިވާއިރު ނޭޕާލާއި ބަންގްލަދޭޝްގައި ކިިޔަވަމުން އަންނަ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންތަކެއް އިއްޔެ ބަންގްލަދޭޝް އެއާފޯސް މަތިންދާ ބޯޓުގައި ވަނީ ރާއްޖެ ގެނެސްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *