ހިތަދޫ ސުވަރޭޖް ޕަމްޕް ސްޓޭޝަނުގައި ރޯކޮށްލައިފި

ހިތަދޫ ސުވަރޭޖް ޕަމްޕުގައި ރޯކޮށްފައި/ ފޮޓޯ- ޓުވީޓާ

އައްޑޫސިޓީ ހިތަދޫ ސުވަރޭޖް ޕަމްޕް ސްޓޭޝަނުގައި އަލިފާން ރޯކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓި ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ހިތަދޫ ސުވަރޭޖް ޕަމްޕުގައި ބަޔަކު އަލިފާން ރޯކޮށްފައިވަނީ ގަސްތުގައި ކަމަށެވެ.

އަދި މިއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ފާހަނގަކޮށް، މޭޔަރު ވަނީ މިފަދަ ހިދުމަތްތަކަށް ހުއްޓުމެއް ގެންނަން ރާވައިގެން އަމަލު ހިންގާ ފަރާތްތައް ހޯދައި، އެފަދަ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އައްޑޫ ސިޓީ ހިތަދޫގެ ސުވަރޭޖް ޕަމްޕް ސްޓޭޝަނުގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާއިރު، ދާދިފަހުން އދ. މަހިބަދޫގެ ފަޅު ތެރޭގައި އަޅާފައި ހުރި ލޯންޗުތަކެއްގައިވެސް ބަޔަކުވަނީ ރޯކޮށްލާފައެވެ. އަދި އެކަމުގެ ޒިންމާ އައިސިސްގެ ޖަމާއަތުން ވަނީ ނަގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.