ކޮވިޑް19 އަށް އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް19 އަށް އިތުރު ދިވެއްސަކު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެއްސެއް (ކޭސް ނަންބަރު 52) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދުވަނީ 84 އަށް އަރާފައެވެ. މިއަދު އެކަނިވެސް މާލެއިން ވަނީ 15 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި 9 ދިވެހިންނާއި 6 ބަންގްލަދޭޝް މީހަކު ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *