އެޑްމިޓު ކުރި މީހާގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ: ޑރ. މޫސަ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވި މީހުންގެ ތެރެއިން އިތުރު ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކުރި މީހާގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާއަށް ފަރުވާދެމުންދާ ކަމަށެވެ. އަދި އެމީހާއަކީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދީފައިވާ މީހެއްކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ލޭމައްޗަށް ދިއުމާއި، ހަކުރުބަލި، ކޮލެސްޓްރޯލް މަތިވުން، ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިޔުމޮނިޔާ ޖެހިގެން ހޮސްޕިޓަލުގައިވެސް އެކިފަހަރުމަތިން އޭނާ އެޑްމިޓްކޮށްފައިވާނެ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 83 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 38 ދިވެހިންނާއި އަދި 45 ބިދޭސީންނެވެ. ކޮވިޑް19 މާލެ ސަރަހައްދުން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ އެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. އަދި އަތޮޅުތަކުގެ ތެރޭގައި އެއްރަށުން އަނެއް ރަށަށްވެސް ދަތުރު ކުރުން މަނާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.