މާލެއިން ކޮވިޑް19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފި

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ހަރަކާތެއްގެ ތެރެއިން: ފޮޓޯ / ސަން

މާލެއިން ސިފައިންގެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފިއެވެ.

ކޮވިޑް19 އާއި ގުޅިގެން މިއަދު ދަރުބާރުުގޭގައު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ކޮވިޑް19 އަށް އެމްއެންޑީއެފްގެ މުވައްޒަފެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 69 ވަނަ ކޭސް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ، އެމްއެންޑީއެފްގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ބޭފުޅެއްތޯ ބަލާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 83 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 38 ދިވެހިންނާއި އަދި 45 ބިދޭސީންނެވެ. ކޮވިޑް19 މާލެ ސަރަހައްދުން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ އެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. އަދި އަތޮޅުތަކުގެ ތެރޭގައި އެއްރަށުން އަނެއް ރަށަށްވެސް ދަތުރު ކުރުން މަނާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.