މާލެއިން ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

މާލެއިން ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކު އަނެއްކާވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ކޮވިޑް19 އަށް ޓެސްޓުކުރި ބަންގްލަދޭޝް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މިއަދު މާލެއިން މި ބައްޔަށް ޕޮޒިޓިވްވި 63ވަނަ މީހާއެވެ.

މި މީހާއާ އެކުގައި މިއަދު އެކަނިވެސް މާލެއިން މިވަނީ 14 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ފަހުން މި ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއާ އެކު ޖުމްލަ ހަ ބިދޭސީ މީހަކު މިވަނީ މިއަދު އެކަނިވެސް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން މިއަދު 8 ދިވެއްސަކު ވެސް ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

މުޅި ޖުމްލަ މިހާތަނަށް 83 މީހަކު މާލެއިން ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެ ޝިފާ ލިބިފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.