ރައީސް ސޯލިހުގެ އިހުލާސްތެރި ޝުކުރު ސިފައިންނަށް

ސިފައިންގެ އަހަރީ ދުވަހުގެ ހަފްލާއެއްގައި ރައީސް ސޯލިހު: ފޮޓޯ / މިހާރު

ދިވެހި ސިފައިން ގައުމަށް ކޮށްދެއްވާ އަގުހުރި ހިދުމަތްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހި ސިފައިންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.

ސިފައިންގެ 128ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ހުރިހާ ސިފައިންނަށް އަރިސްކުރާ ކަމަށެވެ. ދިވެހިރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ރައްކާތެރިކަމަށް ކޮށްދެއްވާ އަގުހުރި މަސައްކަތަށް އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސިފައިންގެ ހިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892ވަނަ އަހަރުގެ އޭޕްރިލް ވަނަ އަހަރުގެ 21ވަނަ ދުވަހުއެވެ. މިއަދު ސިފައިންގެ އަހަރީ ދުވަސް ދިމާވެފައި މިވަނީ ކޮވިޑް19 ގެ ކަޅު ބޯ ވިލާގަނޑު ތޫފާނަކަށް ބަދަލުވެ އޭގެ އަސަރުތައް ރާއްޖެއަށް ކުރަމުންދާ ހިތާމަވެރި އަދި ދަތި ވަގުތެއްގައެވެ.

މިއަދަކީ ދިވެހި ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުނު ދުވަހެވެ. ސިފައިންގެ މި އަހަރުގެ ޝިއާރަކީ “ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތެ” ވެ.

ހިޔާލު ދެއްވާ!

Your email address will not be published.