ސިފައިންގެ ހިދުމަތް ރަން އަކުރުން ފަވާލަން

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފައިންގެ ތަރުޖަމާން މޭޖާ އިބްރާހީމް އާޒިމް އަށް ހަނދާނީ ފިލައެއް ދެއްވަނީ --

ދިވެހި ސިފައިން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތް ރަން އަކުރުން ފަވާލާ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިން 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޓްވީޓާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހާ ކުރިމަތިލީއިރު ސިފައިންނާ ކުރިމަތި ވެފައި ވަނީ ގައުމީ ބޮޑު މަސައްކަތްތަކެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް19 އިން ގައުމު ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުންދާ ސިފައިންގެ ހިދުމަތް ރަން އަކުރުން ފަވާލާ ކަމަށެވެ. އަދި ދިވެހި ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ދިވެހި ސިފައިން ކުރަމުންދާ ބުރަ މަސައްކަތް ދިވެހި ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަމަށެވެ.

“ވާރެއާ އަވީގައި ސިފައިން ހަރަކާތްތެރިވުން ދާކަން ދިވެހި ރައްޔިތުން ހެޔޮ ހިތުން ބަލައިގަނޭ،” މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިއަދަކީ ދިވެހި ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުނު ދުވަހެވެ. ސިފައިންގެ މި އަހަރުގެ ޝިއާރަކީ “ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތެ” ވެ.

ހިޔާލު ދެއްވާ!

Your email address will not be published.