8 ދިވެހިންނާއި ބަގްލަދޭޝް 5 މީހަކު ޕޮޒިޓިވްވެއްޖެ

މާލެއިން ކޮވިޑް19 އަށް 8 ދިވެހިންނާއި ބަގްލަދޭޝް 5 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސާީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި މިއަދު ބުނީ މިއަދުގެ މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ބުނީ މާލެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 62އަށް އަރާފައިވާ ކަމަށެވެ.

މި 13 މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޖުމްލަ 82 އަށް ވަނީ އަރާފައެވެ. މާލެ އިން މިބަލި އެންމެ ފުރަތަމަ ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެއާއިއެކު މާލޭގައި މިބަލި އަންނަނީ ފެތުރެމުންނެވެ. އެގޮތުން މިބަލި ގިނަ އަދަދެއްގެ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނަށް ވަނީ ޖެހިފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދު 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *