މާލެއިން ސިފައިންގެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން ސިފައިންގެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން “ހަތާވީސް އޮންލައިން”އަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި އެ ސިފައިންގެ މީހާއަކީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި އުޅޭ މީހެކެވެ. އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމުގައި ވަކި އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

ސިފައިންގެ މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު ސިފައިންނަކީ ކޮވިޑް19 ގެ ލޮޖިސްޓިކްސް ކަންތަކުގައި އިސްކޮށް އުޅެމުން އަންނަ ބައެކެވެ. މިކަމާއި ގުޅޭ އިތުރު މާ ބޮޑު ތަފްސީލެއް ނުލިބެއެވެ.

މާލެއިން މިރޭވެސް ވަނީ ބަންގްލަދޭޝް މީހަކާއި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް މާލެއިން 18 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ސިފައިންގެ މީހާއާ އެކު މާލެއިން އެކަނިވެސް 19 މީހަކު ޕޮޒިޓިވްވީއެވެ.

މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ސިފައިންގެ މީހާއާ އެކުގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70 އަށް އަރާފައެވެ.

 

 

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Anyone can be positive! It’s more effective and helpful to volunteer and self courageous to inform immediately to HPA for the natives and closely working expatriates in our tinny islands country. Police and Military is the heart of the country

  2. Front line workers need to take the protectional measures serously. Just gloves and mask is not enough. This is really sad news. Shafahullah.

ހިޔާލު ދެއްވާ!

Your email address will not be published.