ދިވެއްސަކާއި ބަންގްލަދޭޝް މީހެއް މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ކޮވިޑް19 އަށް މާލެއިން ދިވެއްސަކާއި ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އަށް ޕޮޒިޓިވް ވި އިތުރު ދެ މީހެއް [ކޭސް ނަންބަރު 68 ކޭސް އަދި 69] މާލެއިން ފެނިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 49 އަށް އަރާފައިވާ ކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އިތުރު ދެ މީހަކު ޕޮޒިޓިވްވުމާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 69 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *