ގާފަރުގައި އެކަހެރިވާން އަންގާފައި ވަނިކޮށް ބޭރަށް ނިކުތް މީހަކު ހައްޔަރުކޮށްފި

ކ. ގާފަރު ----

އެކަހެރިވާން އަންގާފައި ވަނިކޮށް ގެއިން ބޭރުގައި އުޅުނު މީހަކު ކ. ގާފަރުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ހިލާފަށް ގެއިން ބޭރަށް ނިކުތުން މަނާކޮށްފައި ވަނިކޮށް ކ. ގާފަރުން ބޭރަށް ނުކިތް 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މާލެ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށިން ރާއްޖޭގެ އެއްވެސް ރަށަކަށް މީހަކު ގޮސްފައި ހުރި ނަމަ އެކަހެރިވެ ގެއިން ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އާންމުކޮށް އަންގައި އިއުލާނެއް ނެރެފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން އަރާ ފޭބުންވެސް މަނާ ކޮށްފައެވެ.

އެހެންނަމަވެސް ބައެއް ރަށްތަކަށް މީހުން އަރައިގެން ފާއިތުވި ދެ ދުވަހުވެސް ފުލުހުން އެކި ރަށްތަކުން މީހުން ހައްޔަރުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *