ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާ، ލޮކްޑައުން ކުރަނީ

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުުދުއްފުށީގައި ކާފިއު ހިންގާ އެ ސިޓީ ތިން ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ. މިއީ މާލެ ސިޓީން ބޭރުން ރާއްޖޭގެ ސިޓީއެއް ކާފިއު ހިންގާ ލޮކްޑައުން ކުރާ ފުރަތަމަ ފަހަރެވެ.

އެ ސިޓީ ލޮކްޑައުން ކުރަނީ އެއްވެސް ހާލަތެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން އެގޮތަށް ކުރުމަށް އަންގައިގެނެއް ނޫނެވެ. އެހެންނަމަވެސް ހއ. އުލިގަމުގައި ހުރި މީހެއްގެ ގައިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ ބިރުވެރިކަން އުފެދިފައެވެ. ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާ ސިޓީ ލޮކްޑައުން ކުރަނީ އެ ސަބަބާއި ގުޅިގެންނެވެ.

އެ ސިޓީގެ ރައީސް އަބްދުލް ލަތީފް ހަސަން ވަނީ ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހާއި ފޯނުން ގުޅުއްވާ އެ ސިޓީގެ ކޮވިޑް19 ޓާސްކް ފޯސް އިން އެގޮތަށް އަމަލު ކުރުމަށް ނިންމާފައިވާކަން ހިއްސާ ކުރައްވާފައެވެ.

ކާފިއު ހިންގާ ލޮކްޑައުން ކުރި ނަމަވެސް ހާއްސަ ހުއްދަތަކާއި އެކު ބައެއް މީހުންނަށް ބޭރަށް ނުކުތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން ބޭރަށް ނުކުމެ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އެ ސިޓީގެ ޓާސްކް ފޯސް އިން ވަނީ ނިންމާފައެވެ. އެ ނިންމުމަށް މިއަދުގެ މެންދުރު 12:00އިން ފެށިގެން އަމަލު ކުރާނެއެވެ.

އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން އުލިގަމުވެސް ހިމެނޭ ގޮތުން ހއ. މާރަންދޫއާ ހދ. ނޮޅިވަރަމްއާ ހދ. ވައިކަރަދޫއާ ހދ. ހިރިމަރަދޫއާ ހއ. ހޯރަފުށްޓާއި ހއ. ތުރާކުނާއި ހއ. ތަކަންދޫއާ ހއ. އިހަވަންދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އުލިގަމުން ޕޮޒިޓިވްވި މީހާއާ 131 ފަރާތެއް ކޮންޓެކްޓުވެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *