ކ. ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކ. ގުރައިދޫ ---

ކޮވިޑް19 އާ ގުޅިގެން ކ. ގުރައިދޫ މޮނީޓަރިންގެ ހާލަތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފިއެވެ.

ގުރައިދީ މޮނީޓަރިންގެ ހާލަތަށް ގެނައީ ކީއްވެގެން ކަމެއް ނުބުނެއެވެ. މައުލޫމާތު ލިބޭގޮތުގައި އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަބްރޫކް ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވި މީހުންނާއި ގުޅިގެން 945 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށެވެ. 164 އިމާރާތެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިރޭގެ 19:00އާ ހަމައަށް 38 ތަނެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކ. ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ހއ. މާރަންދޫއާ ހދ. ނޮޅިވަރަމްއާ ހދ. ވައިކަރަދޫއާ ހދ. ހިރިމަރަދޫއާ ހއ. ހޯރަފުށްޓާއި ހއ. ތުރާކުނާއި ހއ. ތަކަންދޫއާ ހއ. އިހަވަންދޫ  އަދި ހއ. އުލިގަމު ވެސް ވަނީ މޮނިޓަރީންގެ ހާލަތުގައެވެ. އުލިގަމުން އިއްޔެ ވަނީ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް 67 މީހަކު ކޮވިޑް19 ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.