ލޮކްޑައުން ކޮށްފައި އޮތުމުން ވެކްސިން ދިނުން މެދުކަނޑާލައިފި

އެމްއެމްއާރް ވެކްސިން ޖެހުން/ ފޮޓޯ- ރައީސް އޮފީސް

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ވެކްސިން ދިނުން މެދުކަނޑާލައިފިއެވެ.

ހެލްތު ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިގޮތަށް ހަމަޖައްސަން ޖެހުނު ސަބަބަކީ ކޮވިޑް-19 ގެ ބަލި މީހުން މިހާރު މާލެތެރެއިން ފެންނަމުންދާތީ އާއި މާލޭގައި ބަލި ހަލުވިކަމާއެކު ފެތުރުމުގެ ހާލަތުގައިވާއިރު ވެކްސިން ދިނުމަށް މިވަގުތު ވެކްސިން ދޭ މަރުކަޒުތަކަށް ދިޔުމަށް ވުރެ ގޭގައި މަޑުކުރުން ރައްކާތެރި ކަމަކަށް ވާނެތީ ކަމަށެވެ.

އަދި މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުންގެ ހާލަތު މިއަށް ވުރެ ދިގު ދެމިގެންދާނަމަ މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތް އިއުލާންކުރާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މާލެ އިން މިއަދު އެކަނިވެސް މިހާތަނަށް 15 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއާއި އެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް 16 މީހަކު ބަލިން ރަނގަޅުވިއިރު 42 މީހަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.