އެންގުމާއި ހިލާފަށް ކޮނޑޭއަށް އެރި މީހަކު ހައްޔަރުކޮށްފި

ގއ. ކޮނޑޭ --

އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައި ވަނިކޮށް ގއ. ކޮނޑޭއަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގއ.ގެމަނަފުށިން 60 އަހަރުގެ ދިވެހި ފިރިހެނަކު ކައުންސިލްގެ ހުއްދަ ނެތި ސިއްރުން ޑިންގީއެއްގައި ކޮނޑޭ އަށް ގޮސް އެ ރަށުގެ ކައުންސިލްގެ ހުއްދަ ނެތި ފުއްޓަރު ފަރާތުން ރަށަށް ކައިރިކޮށް ސިއްރުން އެ ރަށަށް އަރައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެއް ރަށުން އަނެއް ރަށަށް މި ދުވަސްވަރު އަރައި ފޭބުން މަނާކޮށްފައިވާއިރު، ފުލުހުން ވަނީ މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުން ވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އިއްޔެވެސް ކުޅުދުއްފުށި ސިޓީއަށް އެރި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *