ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފި

ނޭޕާލު އަދި ބަންގްލަދޭޝް ގައި ތިބި ދިވެހިން ގޮވައިގެން އައި މަނަވަރު: ފޮތޯ / ސޯޝަލް މީޑިއާ

ނުރައްކާތެރި ކޮވިޑް19 ގެ ސަބަބުން ދެގައުމެއްގައި ތާށިވެފައި ތިބި ދިވެހިންތަކެއް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއި އެކުގައި މިއަދު ރާއްޖެ ގެނެސްދީފިއެވެ.

އެގޮތުން ރާއްޖެ ގެނެސްދީފައި މިވަނީ ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިންނާއި ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިންނެވެ. މި ދިވެހިންތައް ރާއްޖެ ގެނެސްފައިވަނީ ބަންގްލަދޭޝްގެ އަސްކަރިއްްޔާގެ މަތިންދާ ބޯޓެއްގައެވެ. މި ބޯޓުގައި ރާއްޖެ އައިސްފައިވަނީ ބަންގްލަދޭޝްގައި ތިބި 53 ދިވެހިންނާއި ނޭޕާލްގައި 18 ދިވެހިންނެވެ.

މީގެއިތުރުން މި ބޯޓުގައި ވަނީ ކޮވިޑް-19 ގެ ކަންކަމުގައި ރާއްޖެ އަށް އެހީވާން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ރާއްޖެ އައިސްފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންގްލަދޭޝް މަނަވަރު އެނބުރި އެގައުމަށް ފުރާނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ 70 ބިދޭސީއަކު ގޮވައިގެން ކަމަށެވެ. އަދި އެކަން އިންތިޒާމް ކޮށްދެއްވި ކަމަށްޓަކައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހި ސަރުކާރުން އަންނަނީ މި ހާލަތުގައި ބޭރު ގައުމުތަކުގައި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށް ފޮރިން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަން އިން ދާދިފަހަކާއި ޖެހެންދެން ވަނީ އެކި ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިންތައް ރާއްޖެ ގެނެސްދީދައެވެ. މިއަދު ރާއްޖެ އައި ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީނެއް ހަމަ ކުރަންޖެހޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.