ތިން ދިވެއްސަކާއި ހަތަރު ބިދޭސީއަކު ކޮވިޑް19 އަށް އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު މީހުން މަޑުކޮށްލައިގެން: ފޮޓޯ / ހަތާވީސް

ތިން ދިވެއްސަކާއި ހަތަރު ބިދޭސީއަކު ކޮވިޑް19 އަށް އަނެއްކާވެސް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކޮށްފިއެވެ. މިކަން ހާމަކުރީ މިހާރު ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކޮވިޑް19 އަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒެވެ.

އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވާއިރު މިއަދު އެކަނި މި ބައްޔަށް 15 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޖުމްލަ 9 ބިދޭސީއަކު ހިމެނެއެވެ. އަދި ޖުމްލަ 6 ބިދޭސީއަކު ވަނީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައެވެ. މިއަދަކީވެސް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާ ނަމަ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ދުވަހެކެވެ. ނަމަވެސް އަދިވެސް އެންމެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވީ އިއްޔެއެވެ. އެގޮތުން އިއްޔެ ޖުމްލަ 17 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެއިން 16 މީހަކާއި ހއ. އުލިގަމުން އެކަކާއެވެ.

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 67އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.