ނޫސްވެރިން އެކްރެޑިޓް ކުރުމަށް މީޑިއާ ކައުންސިލުން ނިންމައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް -

ރާއްޖޭގެ ނޫސްވެރިން އެކްރެޑިޓް ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

އެމްއެމްސީ އިން ބުނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށެވެ.

އެހެންކަމުން ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި އެ ކައުންސިލްގެ ރޫހު ހުރީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުން ކަމަަށް އެމްއެމްސީ އިން ބުނެއެވެ. އަދި ރަސް އޮންލައިންގެ ނޫސްވެރިޔާ އާއި އެޑިޓަރު އެކަމަށް މައާފަށް އެދުމަށްވެސް އެ ކައުންސިލުން ވަނީ އަންގާނެއެވެ.

މިކަމާ ގުޅިގެން ރަސް އޮންލައިންގެ ފަރާތުން ޝާއިއު ކުރި ލިޔުމެއްގައި ބުނެފައިވަނީ، ރޭ ކޮވިޑް19 އާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރަސް އޮންލައިން ގައި މަސައްކަތް ކުރާ ނޫސްވެރިއާ ކުރަން ފެށި ސުވާލަށް ޖަވާބު ދެއްވަން އިންނެވި ޑރ. ނަޒްލާ ހުއްޓުވީ ނޫސްވެރިއާ ބޭނުން ކުރި ބަހެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ އެ ސުވާލު ފަށަމުން “ބަންގާޅީ” ނުވަތަ “ބަންގާޅު”، މި ލަފުޒު ބުނެ ރަނގަޅަށް ނުނިމި އުޅެނިކޮށް ޑރ. ނަޒްލާ އޭނާގެ ސުވާލުގެ ތެރެއަށް ވަދެވަޑައިގެން އެބަސް ބޭނުން ނުކުރެއްވުމަށް ވިދާޅުވެ ދެން ދެއްކެވީ އޭނާ ކުރަން އުޅުނު ސުވާލާ ނުވެސް ގުޅޭ ވަރަށް ޖަޒުބާތީ ވާހަކަ ތަކެއް ކަމަށެވެ.

އަދި ޑރ. ނަޒްލާގެ އެޖަޒުބާތަށް ރާއްޖޭގެ ވަރަށް ފުންނާބުއުސް ބޭބޭފުޅުންގެ ތާއީދާ ތަރުހީބުވެސް ލިބުނު ކަމަށާއި، ބަންގްލަދޭޝްގެ ބޭފުޅާ ކައިވެނި ބައްލަވައިގެން އުޅުއްވާ “ޝާހީ” އާއިލާއެއްގެ ބޭފުޅަކުވެސް ނަޒްލާއަށް ތާއީދުކޮށް އޭނާގެ ޖަޒުބާތުތައް އޮއްސާލިކަމަށް އެ ލިޔުމުގައި ބުނެފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.