މަނާކޮށްފައި ވަނިކޮށް ބަޔަކު މީހުން ކުޅުދުއްފުއްޓަށް އެރި މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

އެއް ރަށުން އަނެއް ރަށަށް މީހުން އަރާ ފޭބުން މަނާކޮށްފައި ވަނިކޮށް ހދ. ކުޅުދުއްފުށި ސިޓީއަށް ބަޔަކު އެރި މައްސަލައެއްގައި އެ ރަށަށް އެރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ހުއްދަ ނުހޯދާ ހދ. ނޮޅިވަމް ހުޅަނގު ފަރާތުން ކެނޯއެއްގައި އައި ދެ މީހަކު ކުޅުދުއްފުށި ސިޓީ ރަންވޭ ހުޅަނގު ކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް އެމީހުން އެރަށަށް އެރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް މި ދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުން ކެނޯ ދުއްވާފައިވަނީ ކެނޯގެ ވެރިފަރާތުގެ ހުއްދަވެސް ނެތި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި 23 އަހަރާއި 30 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި މައްސަލަވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަަށުން އަނެއް ރަށަށް ދަތުރުކުން މަނާ ކޮށްފައިވަނީ މި މަހުގެ 18ވަނަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެންނެވެ.

މި މުއްދަތުގައި ރަށްރަށަށް ބޭނުންވާ މުދަލާއި އެހެނިހެން ވެސް ޒަރޫރީ ކަންކަން އެ ރަށެއްގެ ކައުންސިލުން ރާވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށް ވެސް އެންގުމުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އާންމު ތަންތަނަށް މީހުން އެއްވުމާއި އެއްވެސް ޒާތެއްގެ އެއްވުމެއް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އެގޮތުން، ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި މާހިފުމާއި ދަތުރު ދިޔުމާއި މޫދަށް ދިޔުމާއި، ކުޅިވަރު ކުޅުމާއި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުންވެސް ހުއްޓާލަން ވަނީ އަންގައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *