14 ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރުގެ ތެރެއިން 6 ވެންޓިލޭޓަރު ލިބެއްޖެ

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ހޯދުމަށް މިހާރު އިއުލާންކޮށް މަސައްކަތް ފަށާފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ހަ ވެންޓިލޭޓަރެއް ލިބިފައިވާ ކަމަށް ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީީޒް ވިދާޅުވީ ސަރުކާރުން ހޯދަނީ 135 އައިސީޔޫ ވެންޓިލޭޓަރާއި 14 ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރު ކަމަށެވެ. އަދި އޭގެތެރެއިން ހަ ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރު ރާއްޖެ އައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް ވެންޓިލޭޓަރުތައް މި މަހުގެ 21ވަނަ ދުވަހާއި 22ވަނަ ދުވަހު ރާއްޖެ ލިބޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއަދު އެކަނިވެސް މުޅި ޖުމްލަ ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި 16 މީހަކު ޕޮޒިޓިވްވީ މާލެއިންނެވެ. އަދި ދެން ހުރި މީހާ ޕޮޒިޓިވްވީ ހއ. އުލިގަމުންނެވެ. މާލެއިން ޕޮޒިޓިވްވީ 14 ބަންގްލަދޭޝް މީހުންނާއި ދެ އިންޑިއާ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *