މާލެއިން 13 މީހަކު ޕޮޒިޓިވްވެއްޖެ

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން: ފޮޓޯ / އިމިގްރޭޝަން

ކޮވިޑް19 އަށް މާލެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޕޮޒިޓިވްވި 13 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި އެ 13 މީހުންނަކީ ލިލީގައި މަސައްކަތް ކުރާ ބައެކެވެ. އެކުގައި އެއްތަނެއްގައި އުޅޭ އެ ބިދޭސީންނަށް ބަލި ޖެހުނީ ކޭސް 27ގެ ފަރާތުން ކަމަށް ބެލެވެއެވެ. ކޮންޓްރެކް ޓްރޭސިންއިން ފާހަގަވަނީ އެގޮތަށެވެ.

އެ މީހުންނަކީ އެއް ގެއެއްގެ ދެ ފްލޯގައި ހިމެނޭ މީހުންނެވެ. އެންމެންނަކީ ވެސް ލިލީ އެންޓަޕްރައިސަސްގައި ޑެލިވަރީކޮށް، އަދި ބައެއް މީހުންނަކީ ލިލީގެ ފިހާރައިގައި ވެސް މަސައްކަތް ކުރާ މީހުންނެވެ. އެއާގުޅޭ ކޮންޓެކްޓްތައް ހޯދުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފައެވެ.

މިއަދަކީ ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް19އަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހެކެވެ. ހާއްސަކޮށް ބިދޭސީންގެ ތެރޭގައި ކޮވިޑް ފެތުރުން ބޮޑުވެ، އާންމުވުމަކީ މި ބަލީގެ ނުރައްކާ ރާއްޖޭގައި އިންތިހާއަށް އިތުރުވެގެންދާނެ ކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.