ޖަލު ހަލަބޮލި ކޮށްލަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ

ޖަލުގައި ހިނގި ހަަމަނުޖެހުމާއި ގުޅިގެން މިނިސްޓަރު އިމްރާން މާފުށި ޖަލަށް ވަޑައިގެން---

ކޮވިޑް19 އަ ގުޅިގެން މުއައްސަސާތަކުން ބުރަކޮށް އުޅެމުންދާ ވަގުތު ބަލާ މާފުށި ޖަލުގެ ގައިދީން ުޅުނީ އެ ޖަލު ހަލަބޮލި ކޮށްލަން ކަމަށާއި ނަމަވެސް އެ މަސައްކަތްވީ ނާކާމިޔާބު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ދެ އޮފިސަރަކާއި ގައިދީއަކަށް ވަނީ އަނިޔާވެފައެވެ.

މޯލްޑިވްސް ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ކަމަށެވެ. ނަމަވެސް، ހާލަތު މިހާރު ވަނީ ކޮންޓުރޯލުކިރެވިފައި ވާއިރު ހާދިސާގައި ޤައިދީއަކަށާއި 2 އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިކަން ހިނގާދިޔަ ގޮތް އިތުރަށް ބަލަމުންދާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ޖަލުގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ވަނީ ޖަލަށް ވަޑައިގެންފައެވެ.

މިނިސްޓަރު އިމްރާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އާއެކު މުވައްސަސާތަކަށް ބާރުބޮޑުވެ ނާޒުކުވި ވަގުތު، ޖަލުހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލު ވުމަކީ ﷲގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމަތަށް އިސްކަން ދީގެން ޖަލު ބެލެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

ހިޔާލު ދެއްވާ!

Your email address will not be published.