ތިން ދުވަހުން އެއް ދުވަހު ކޮންމެ ގެއަކުން އެކަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

މާލެ އިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅު މާލެ ސިޓީ ލޮކްޑައުން ކޮށްފައި އޮތުމުން މީހުން މަގުތަކަށް ނިކުތުން މަނާ ކޮށްފައި އޮތުމުން އާއްމުންނަށް ވިޔަފާރި ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކޮންމެ ތިން ދުވަހުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދީފިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރުޝް ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ނިކުންނަން ޖެހޭ މީހުން ތިބޭތީ އާއިލާތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކައި ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ހުއްދަ ލިބޭނީ އެއް ގަޑިއިރަށް ވިޔަފާރި ކުރުމަށް ކަމަށާއި އަދި ނިކުމެ އުޅޭނީ މާލޭގެ ވަކި ސަރަހައްދެއްގައި ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އެގޮތުން މާލޭގެ 26 ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެކްޓާތައް ބެހުމުގައި މާލޭގެ އާބާދީއަށާއި ނިސްބަތުން ފިހާރަތައް ހުރި ސަހައްދަުތައް ބަލައިގެން ސެކްޓާތައް ކަނޑައަޅާފައި ވަނީ އެއްޗެހި ގަންނަންދާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށް ފައިރޫޝް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މާލެ މި މަގްސަދަށްޓަކައި ބަހާލަނީ 26 ޒޯނަކަށް. މިހެން ބަހާލިއިރު އިސްކަން ދީފަ އޮންނާނީ އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތަށް ބަލާއިރު ފަސޭހައިން މީސް މީހުންނަށް ބޭނުންވާ އެއްޗެހި ގަންނަން ދެވޭނެ ގޮތަކަށް،” ފައިރޫޝް ވިދާޅުވިއެވެ.

މާލެ ލޮކްޑައުންކޮށްފައި މިދިޔަ ބުދަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ދުވަހު މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރިއެވެ. އަދި އެއަށްފަހު އިތުރު 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށްފަހު މާލެއިން ކޮވިޑް19 އަށް މީހުން ޕޮޒިޓިވްވުން ގިނަވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސިޓީ ލޮކްޑައުން ކުރަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.