މާލެއިން ކޮވިޑް19 އަށް ބަންގްލަދޭޝް އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް މާލެއިން 16ވަނަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ގޮސް ދެއްކުމުން ކޮވިޑް19 އަށް ޓެސްޓު ކުރުމުން ކަމަށެވެ.

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16އަށް އަރާފައިވާއިރު އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 36 އަށް އަރާފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަހުއެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް 22 އެވެ. އަދި ތިންވަނައަށް ޕޮޒިޓިވް ވެފައިވަނީ ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި ޕޭޝަންޓް 23އެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ޕޮޒިޓިވްވި މީހެކެވެ.

ތަފްސީލް އަންނަނީ….

ހިޔާލު ދެއްވާ!

Your email address will not be published.