ކޮވިޑް19 އަށް މާލެއިން 15ވަނަ މީހާ ޕޮޒިޓިވްވެއްޖެ

ބިދޭސީންތަކެއް މާލޭގެ މަގު މަތީގައި: ފޮޓޯ / ހަތާވީސް

ކޮވިޑް19 އަށް މާލެއިން 15ވަނަ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑް19 އަށް ރާއްޖެއިން 15ވަނަ މީހަކު ޕޮޒިޓިވްވެއްޖެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަކުން އަދި ނުބުނެއެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މާލެއިން 15ވަނަ މީހާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެއީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 35ވަނަ މީހާއެވެ. އެމީހާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނޭނގެއެވެ.

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައިވާއިރު އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 35 އަށް އަރާފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަހުއެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް 22 އެވެ. އަދި ތިންވަނައަށް ޕޮޒިޓިވް ވެފައިވަނީ ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި ޕޭޝަންޓް 23އެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ޕޮޒިޓިވްވި މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.