ޑޮކްޓަރުންގެ ހިދުމަތަކީ އަގުނުކުރެވޭނެ ހިދުމަތެއް: ރައީސް

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ރައީސް ސޯލިހާއި ހެލްތު މިނިސްޓަރު އަމީން އަދި ކަމާގުޅުންހުރި އިސް ބޭފުޅުން ކޮޅެއް: ފޮޓޯ / ރައީސް އޮފީސް

ދިވެހި ޑޮކްޓަރުން ގައުމަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތަކީ އެކަމުގެ އަގު ނުކުރެވޭނެ ވަރުގެ ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މި ދުވަހާއި ޑޮކްޓަރުން ކުރިމަތިލާފައި މިވަނީ ހިދުމަތުގައި އެތަކެއް ގުރުބާނީތަކެއް ގައުމަށްޓައި ވަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ދުވަހަކުވެސް ނުރައްކާތެރި އެކި ހާލަތްތަކާއި ކުރިމަތިލައި ހިތްވަރާއެކު މަސައްކަތް ކުރަމުންދާކަން ރައީސްގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ދުވަހާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އެބޭފުޅުންގެ މަސައްކަތަކީ ސެލިއުޓް ހައްގު މަސައްކަތްތަކެއް ކަމަށެވެ. މިހާލަތުގައި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ޑޮކްޓަރުން ވަމުންދާ ގުރުބާނީއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 18ވަނަ ދުވަސް ރާއްޖެއިން ފާހަގަކުރަނީ ޑޮކްޓަރުންގެ ދުވަހެވެ. މިއަހަރު މި ދުވަސް އައިސްފައި މިވަނީ ކޮވިޑް19 ގެ ބަލާއާފާތް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމުގައި މަސައްކަތް ކުރާ ރާއްޖޭގެ ސިއްހީ މާހިރުންނަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.