މާލެއިން ކޮވިޑް19 އަށް 13ވަނަ މީހާ ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ކޮވިޑް19 އަށް މާލެއިން 13ވަނަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް 28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ތޭރަވަނަ މީހާ ކަމަށާއި އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައިވާއިރު އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 33 އަށް އަރާފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަހުއެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް 22 އެވެ. އަދި ތިންވަނައަށް ޕޮޒިޓިވް ވެފައިވަނީ ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި ޕޭޝަންޓް 23އެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ޕޮޒިޓިވްވި މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *