މާލެއިން ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ބިދޭސީން މަސައްކަތް ކުރަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

މާލެއިން ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް 30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ބާރަވަނަ މީހާއެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައިވާއިރު މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 32 އަށް އަރާފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަހުއެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް 22 އެވެ. އަދި ތިންވަނައަށް ޕޮޒިޓިވް ވެފައިވަނީ ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި ޕޭޝަންޓް 23އެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ޕޮޒިޓިވްވި މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *