މާލެއިން 11 ވަނަ މީހާ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

މާލެއިން 11 ވަނަ މީހާކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި އެގާރަ ވަނަ މީހާ ކަމަށާއި، މިމީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައިވާއިރި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 31 އަށް އަރާފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަހުއެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް 22 އެވެ. އަދި ތިންވަނައަށް ޕޮޒިޓިވް ވެފައިވަނީ ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި ޕޭޝަންޓް 23އެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ޕޮޒިޓިވްވި މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *