މާލެއިން 9ވަނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ހެލްތު މިނިސްޓްރީ

މާލެއިން 9ވަނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެމީހާއަކީ ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވްވި މީހަކާއި [ކޭސް27] އާ ޑައިރެކްޓު ކޮންޓެކްޓު ނުވަތަ ސީދާ ބައްދަލުވި ފަރާތެއް ކަމަށެވެ. އަދި މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި 9ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 29 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން މާލެއިން ފުރަތަމަ ޕޮޒިޓިވް ވި މީހާއަކީ މިދިޔަ އަންގާރަ ދުވަހު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. އޭނާއަކީ ޕޭޝަންޓް 21 އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ. ތިންވަނަ އަށް ޕޮޒިޓިވް ވީ އިއްޔެ ޕޭޝަންޓް 23 އެވެ. އަދި ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހަމައެކަނި މިއަދުވެސް ޖުމްލަ ފަސް މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މާލެ އިން ކޮވިޑް19 ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަކަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ވެސް އެޗްޕީއޭ އިން ނިންމާފައެވެ. އަދި މާދަމާއިން ފެށިގެން މި މަހުގެ 30ގެ ނިޔަލަށް ސަރުކާރުވެސް ބަންދު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *