14 ދުވަހަށް މާލެ ސިޓީ ލޮކްޑައުން ކޮށްފި

މާލެ ސިޓީގެ އޭރިއަލް ފޮޓޯއެއް --

މާލެ އިން ކޮވިޑް19 ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަކަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި ވަގުތުތަކުގައި އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ މިއަދު މެންދުރު 1:15 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި ވަގުތުތަކުގައި އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ

އެހެންނަމަވެސް ފުލުހުންނާއި ސިފައިންނާއި ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި އެމްބިއުލާންސާއި ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެ ފާސް ލިބިފައިވާ މީޑިއާގެ ފަރާތްތަކަށް އެ ހާލަތު އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެ އެންގުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.