ކޮވިޑް19 އަށް މާލެއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަތްވަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާއެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 27ވަނަ މީހާއެވެ.
Case: MAV027
Samples taken from a Maldivian national has tested POSITIVE for #COVID19.
This is the 7th person to became POSITIVE for COVID-19 in Malé.#StayHome #StaySafe
— Health Protection Agency (@HPA_MV) April 17, 2020
މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުއެވެ. އޭގެފަހުން އެމީހާއާ ކޮންޓެކްޓުވި މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރަމުން އަންނައިރު ޝައްކުވެ އަލާމާތްތައް ހުރި އެތައް ބަޔަކު މިހާރުވެސް ވަނީ ކަރަންޓީން ކޮށްފައެވެ.
މާލެއިން ކޮވިޑް19 ފެނުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އިއްޔެގެ ވަގުތެއްގައި މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އޭގެފަހުން މިއަދު އިތުރު 24 ގަޑިއިރަށް މިއަދު ވަނީ އަނެއްކާވެސް ލޮކްޑައުން ކޮށްފައެވެ. އަދި މިރޭގެ ވަގުތެއްގައި މުޅި ރާއްޖެ ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.