މުޅި ރާއްޖެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ އެންއީއޯސީއަށް ޒިޔާރަތްކުރެއްވުން: ފޮޓޯ/ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކުރާ ކަމަށެވެ. އެގޮތަށް އެޗްޕީއޭ އިން ނިންމާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާދަމާގެ އިރުއޮއްސި 6:00 އިން ފެށިގެން ވަކި އެއްޗެއް އަންގަން ދެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާވާނެ ކަމަށެވެ.

އެ އެންގުމުގައިވަނީ ދިރިއުޅޭ ގޭބިސީ ފިޔަވާ އަމިއްލަ ތަންތަނާއި އާއްމު ތަންތަންވެސް ހިމެނޭ ގޮތުން އާއްމު ތަންތަނުގައި ގިނަބަޔަކު އެއްވެ އުޅުން ހުއްޓާލާ ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފްލާތައް ބޭއްވުން ހުއްޓާލާ ދަތުރު ދިއުމާއި މޫދަށް ދިއުމާއި ކުޅިވަރު ކުޅުމާއި އެނޫންވެސް އެހެން އިޖުތިމާއީ ކަންކަން ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކުރުން ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. ވޭތުވެދިޔަ ތަނުގައި ރިސޯޓު ނުވަތަ ސަފާރީތަކުން ރަށްތަކަށް ދަތުރުކޮށްފައިވާ އެއްވެސް ފަރާތެއްގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެ ކަމަށްވާނަމަ ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

1 thought on “މުޅި ރާއްޖެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފި

  1. alhugandu mi resort eh ga masahkayi kuraa myheh.. Male aee 16 dhuvahu havyru rashah dhaan resort in fonu vaali, mihaaru mihuri guest house eh kuhyah no pay ga ulhey iruga libunu rfy kolhu mihen huessvyma alhugandu eburi dhaani kihineh thw.. dhen kihineh thw hadhaani ehvex thanakun foneh nunagaa, ebunaa fomeh furiyass mithanun dheveyni kihineh thw.. resort thakun aiss thaashi Vefa eba thibi baivaru myhun Gina myhun thibeni vex kuhyah mikamah hahleh libeyne gotheh sarukaarun haidhehvan jehey nun thw..

Leave a Reply

Your email address will not be published. Required fields are marked *