މިހާރު ރާއްޖޭގައި ހުރީ 4,220 ޓެސްޓް ކިޓް، 20،000 އެބަ ލިބޭ: މަބްރޫކް

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު މަބުރޫކު އަޒީޒު

ކޮވިޑް19އަށް ޓެސްޓް ކުރުމަށް މި ވަގުތު ރާއްޖޭގައި ހުރީ 4220 ޕީސީއާރް ކިޓް ކަމަށާއި އިތުރު 20،000 ޓެސްޓް ކިޓް ލިބޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރީ 4220 ޕީސީއާރް ކިޓް ކަމަށާއި ލޭގެ ސާންޕަލްނަގައިގެން ޓެސްޓް ކުރެވޭ 629 ކިޓް ވެސް އެބަހުރި ކަމަށެވެ.

ރާއްޖެއަށް އިތުރު 20،000 ކިޓް ލިބޭނެ ކަމަށް ފާހަގަ ކުރައްވައި މަބްރޫކް ވިދާޅުވީ ޗައިނާއިން 10،000 ކިޓް ރާއްޖެއަށް ފޮނުވާނެ ކަމަށާއި އަދި އެ ގައުމުގެ ބިލިޔަނަރު ޖެކް މާ ވެސް 10،000 ކިޓް ރާއްޖެއަށް ހަނދިޔާކުރަން ނިންމާފައިވާ ކަމަށެވެ،

"މިވަގުތު އަޅުގަނޑުމެންގެ އަތުގައި ހުރީ 4220 ޕީސީއާރް ކިޓް. ދެން 629 ނީރޮލޮޖިކަލް، މާނައަކީ ލެއިން، ބްލަޑްސާޕަލުން ޓެސްޓްކިޓް. ކުރިން ތިބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނެ ޗައިނާގެ ފަރާތުން އަޅުގަނޑުމެންނަށް ފޯރުކޮށްދޭ 10،000 ކިޓަކާއި ޖެކްމާ އަޅުގަނޑުމެންނަށް އެހީއެއްގެ ގޮތުގައި ދޭން ނިންމާފައިވޭ،" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހަފްތާ ނިމުމުގެ ކުރިން ނުވަތަ އަންނަ ހަފްތާ ފެށުމުގެ ކުރިން ޓެސްޓް ކިޓް ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާރު ބޭނުންކުރާ ޓެސްޓް ކިޓުތައް ބޭނުންކޮށްގެން ހަ ގަޑިއިރާއި 12 ގަޑިއިރާ ދެމެދު ނަތީޖާ ލިބެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.