މާލެއިން ބަލި ޖެހުނު މީހާއާ ގުޅޭ 207 ކޮންޓެކްޓް ފާހަގަވެއްޖެ

ބަޔަކު މީހުން ކަރަންޓީން ފެސިލިޓީއަކަށް ގެންދަނީ: ފޮޓޯ / ޕޮލިސް

މާލެ ތެރެއިން ފުރަތަމަ ފަހަރަށް ކޮވިޑް19އަށް ޕޮޒިޓިވްވި މީހާއާ ގުޅޭ 207 ކޮންޓެކްޓް ފާހަގަކުރެވިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ބުނެފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެންއީއޯސީ އިން ބުނީ މާލެ އިން ޕޮޒިޓިވްވި މީހާއާ ހައިރިސްކް ކޮންޓެކްޓުގެ ގޮތުގައި 75 މީހަކު ހޯދީފައިވާ ކަމަށެވެ. އަދި ހައި ރިސްކް އަދި މީޑިއަމް ރިސްކް ކޮންޓެކްޓްތައް ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރެވޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޗައިނާ އާއި އެ ގައުމުގެ ބިލިއަނަރު ޖެކްމާ ރާއްޖެއަށް ހަދިޔާ ކުރާ 20،000 ޓެސްކްކިޓު ރާއްޖެއަށް ލިބޭނެ ކަމަށެވެ. ނަމަވެސް ލިބޭނެ ވަކި ތާރީހެއް މަބްރޫކް ވިދާޅެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.