ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅައިފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

އުތުރުގެ ރަށެއްގައި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ ނޯތް ޑިވިޝަނަށް މިއަދު ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސާވިސް އިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށްޓަކައި އެ މައްސަލަ ހިނގި ރަށުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.